އިންސާނާ މީ ވަގުތުން ކުރަހާ މައުރަޒަކަށް އައި ކުރެހުންތެރިއެއް
ނިންމާ ކުރެހުން ރަނގަޅިއްޔާ ގަނެ، އަގުދޭން އެބަ ހުރި ފޯރުންތެރިއެއް
މި ތަނަށް ވަންނަން ދެ އަތަށް ލިބިދޭ ކަޅު ހުދު އެއްވަރު ހުސް ކަރުދާހެއް
ފިޠުރަތު ވިސްނައި އަލި މަންޒަރަކުން އެ ފަވައިލާނީ ވިސްނުންތެރިއެއް
ފަންނާނަށް ހުރި ދެއްޔާ ފިއްސާ މިނިވަންކަމުގައި ބޭނުންކޮށްގެން
ނަންވާނޭ ފަދަ މޮޅު ތަސްވީރެއް ކުރަހައިލާނީ ފަންނުގެވެރިއެއް
ގޯހެއް ކުރެހުން އޭ ގޯސްކަމެކޭ ލޯ ހުޅުވާށޭ އޭ މިތުރާއޭ
ގޯސް މަންޒަރުތައް ކުރަހާ މީހާ އޭ އާޚިރުގައި ބޮޑު ކުށްވެރިއެއް
ހުދު ކަރުދާސް އޭ މިތުރާގެ ޙަޔާތް، ދެލި، ފިހިތައް އޭ ޢަމަލާއި ބަހާ
އަދި ކުރެހުން އޭ ދިރިއުޅުނު ގޮތޭ، ނަލަ ނަމަ ތިޔައީ ސިލްމުގެވެރިއެއް