މުސްލިމުން މިދަނީ މިއަދު މުޅި ދުނިޔެއިން ބާކީވަމުން
ދުޝްމަނުންގެ ބޮމާ ބަޑީގެ ޝިކާރައެއް ކަމުގައި ވަމުން
މުސްލިމުން މަގުމަތިވެފައި ދުނިޔޭގެ އެކި އެކި ގައުމުގައި
މުސްލިމުން ތިބި ބިންތަކުން އެދަނީ ފަހައި ފައްސާލަމުން
މުސްލިމުން ހައި ހޫނު ކަމުގައި ހާލުގައި ޖެހެމުންދަނީ،
މުސްލިމުންވެސް މުސްލިމުންނަށް އަދު އެހީއެއް ނުދިނުމުން
މުސްލިމުން ވެރިކަމުގެ ބާރަށް އުނިކަމެއް ލިބިދާނެތީ،
މުސްލިމުން މެދުވެރިވެގެން މަރަމުން ދަނީވެސް މުސްލިމުން
މުސްލިމުންގެތެރޭ އުޅޭހައި މުއްސަނދީންގެ ނުބައިކަމުން
މުސްލިމުން ތިބި ހާލަތުން އިތުރަށް ދަނީ ނިކަމެތިވަމުން
މުސްލިމުންގެ ފަގީރުމީހުން ތާ އަބަދު ގިސްލާރޮމުން
ފެން ފޮދެއް، ކާއެތިކޮޅެއްވެސް ނުލިބި އެ ދަނީ ބިކަވަމުން
މުސްލިމުންނޭ އެތިބަ ނިމެނީ "ކާޑުބަލިޖެހި" މަރުވަމުން
މުސްލިމުންނޭ އެތިބަ އުޅެނީ އުފަލުގައި އަދު އުދުހެމުން
މުސްލިމުންގެ ދަރީން އެތިބެނީ އަތްފައެއްނެތް ހާލަތުން
ދުޝްމަނުން ހިންގައި ގަތުލުއާއްމުގެ ނުބައި އަނިޔާތަކުން
މުސްލިމުން ބައިބައި ވުމޭ މިދަނީ މިއަދު ނިކަމެތިވަމުން
މުސްލިމުން ސަފުތައް ހިނގާށޭ ދެން އަލުން އަތުރާލަމުން
