ހުޅުމާލޭގައި އޮތް ސަފާރީއަކުން ބޭލި 96 ދަޅު ބިޔަރާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ދެ މީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލައިލި ކަމަށާއި އެ މީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment