ލޯތްބަކީ ސަހަރާ އެކޭ އަދި ލޯތްބަކީ ގުލްޒާރެކޭ
ލޯބި ދަމަނީ މަންޒިލަށް ލޯބީގެ ވާ ގަދަ ބާރެކޭ
*****
ލޯބި ނެތް ނަމައީ ޚަރީފެއް ގައި ހަޔާތް ހިކެމުން ދެޔޭ
ލޯބި ލިބުމުން ދެން ހަޔާތް މޫސުމްބަހާރުން ފަރިވެޔޭ
ލޯބި ނެތް ނަމަ ބޯ ނިވައި އަބުރުގެ އަތުން ނުމެ ކުރެވެޔޭ
ލޯބި ލިބުމުން ތާޖަކުން މިހަޔާތް ރިވެތި ޒީނަތްވެޔޭ
ލޯބި ނެތް ނަމަ އެކަނިވެރި އަނދިރީގެ ރޭތައް ގުނަވެޔޭ
ލޯބި ލިބުމުން ދެން ހަޔާތް ހެނދުނުގެ އިރުން އެބަ އަލި ވެޔޭ
ލޯބި ނެތް ނަމަ އަންނަހާ ޠޫފާނަކުން ގެނބެމުން ދެޔޭ
ލޯބި ލިބުމުން ސާހިލެއް ގައި ހަމަހިމޭން މި ހަޔާތް ވެޔޭ
ލޯބި ނެތް ނަމަ ބުރަތަކާ އުނދަގޫތަކާ ކުރިމަތި ވެޔޭ
ލޯބި ލިބުމުން އަތްތަކުން ފިރުމުން ހަޔާތަށް ވެރިވެޔޭ
ލޯބި ނެތް ނަމަ ރޯއަވީ ގައި ކޮޅުކޮޅަށް އެބަ ދުވެވެޔޭ
ލޯބި ލިބުމުން ބޯއަޅާ އުނގަކަށް ހަޔާތް ތަނަވަސް ވެޔޭ
