Support Us

ހޯދާ ކޮންމެ ދަރިއަކަށް ސިންގަޕޫރުގައި ފައިސާގެ އިނާޔަތް ދެނީ

ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ ގިނަ މީހުން މިހާރު ތިބީ ދަރިން ހޯދުމާ ދުރުވެލައިގެންނެވެ. މިކަމަކީ ބައެއް ގައުމުތަކަށް އެހާ ބިރުވެރި ކަމަކަށް ނުވި ނަމަވެސް، އާބާދީ ދަށްވަމުންވާ ސިންގަޕޫރުގައި މިކަމަކީ ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. އަދި ކޮވިޑް-19ގެ ސަބަބުން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.

"އަހަރުމެންނަށް ހަބަރު ލިބިފައިވާ ގޮތުގައި ދަރިން ހޯދަން ވިސްނައިގެން ތިބި ބައެއް ރައްޔިތުންވެސް މި ހާލަތާއި ގުޅިގެން ދަރިން ނުހޯދާ މަޑުކޮށްލަން ވިސްނައިގެން ތިބީ." ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ހެންގް ސްވީ ކީޓް ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސިންގަޕޫރުގެ ސަރުކާރުން ނިންމީ އެ ގައުމުގެ ރައްޔިތުން ހޯދާ ކޮންމެ ދަރިއަކަށް ފައިސާގެ ހާއްސަ އިނާޔަތްތަކެއް ދިނުމަށެވެ. ނަމަވެސް އިތުރުކުރަން އުޅޭ އިނާޔަތުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިހާރުވެސް ރައްޔިތުންނަށް 'ބޭބީ ބޯނަސް ކޭޝް ގިފްޓް’އެއް ސިންގަޕޫރުގެ ސަރުކާރުން ދެމުންގެންދެއެވެ. މި ހަދިޔާގެ ސަބަބުން ދަރިފުޅުގެ ފުރަތަމަ 18 މަހުގެ ތެރޭގައި ބެލެނިވެރިންނަށް ގާތްގަނޑަކަށް 7345 ޑޮލަރު ލިބެއެވެ.

"އަހަރުމެންނަށް ވިސްނޭ ކީއްވެކަން ރައްޔިތުން ކުދިން ނުހޯދަނީ. މިހާލަތުގައި ރައްޔިތުންނަށް ލިބޭ އާމްދަނީއަކީ ގިނަފަހަރު ޔަގީންކަމެއް އޮތް އެއްޗެއް ނޫން،" ސިންގަޕޫރުގެ ރައްޔިތުންނާއި މެދު ހަމްދަރުދީ ވަމުން ހޭންގް ވިދާޅުވިއެވެ.

ސިންގަޕޫރުގެ އާބާދީ އަކީ 5.8 މިލިއަން މީހުންނަށް ވާއިރު، އެގައުމުގެ ކޮންމެ އަންހެނަކަށް ޖެހެނީ 1.4 ދަރިންގެ ނިސްބަތުންނެވެ. މިއީ މިހާ ދަށްކޮށް މި ނަމްބަރު އޮންނަތާ 8 ވަނަ އަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *