Support Us

7 މަހަށް ފަހު އަނެއްކާވެސް އުމްރާގެ އަޅުކަން ފަށައިފި

ކޮވިޑް-19 ގެ ސަބަބުން އުމްރާ ކުރުން ވަގުތީ ގޮތުން މެދުކަނޑާލިތާ ހަތް މަހަށް ފަހު، އޮކްޓޯބަރު މިއަދުން ފެށިގެން އަނެއްކާވެސް އުމްރާގެ އަޅުކަން ކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން ދުވާލަކު 6000 މީހުން އުމްރާގެ އަޅުކަން ކުރުމަށް ފުރުސަތު ދެވޭނެއެވެ. އުމްރާވެރިން މަސްޖިދުލް ހަރާމަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހާއްސަ ބަސްތަކެއްގައެވެ. އަދި މީގެ އިތުރުން އުމްރާގެ ކަންތައްތައް ނިންމުމަށް އުމްރާވެރިންނަށް ލިބޭނީ ތިން ގަޑިއިރެވެ.

ސައޫދީ އަރަބިއްޔާ އިން 2020 ވަނަ އަހަރުގެ އުމްރާ މޫސުން ފަށާފައިވަނީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކަކާއެކުގައެވެ. އަދި އުމްރާވެރިން "އަމްރަނާ" ކިޔާ އެޕްލިކޭޝަނެއްގައި ރަޖިސްޓްރީ ވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޕާކިސްތާނާއި އަދި އެނޫންވެސް ގައުމުތަކުން އުމްރާއަށް ދެވޭނީ ރަބީއުލްއައްވަލް މަހުގެ 15 ގެ ފަހުންނެވެ. އެގޮތުން އޮކްޓޯބަރ 18 ގައި ދުވާލަކަށް 15،000 އުމްރާވެރިންނަށް އުމްރާވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެންމެ މާތްވެގެންވާ މިސްކިތުގައި ޖުމްލަ 40،000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހެދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *