Support Us

ޓްރަމްޕާއި މެލާނިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

"މިރޭ، މެލާނިއާ ޓްރަމްޕް އާއި އަހަރެން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އަހަރުމެންގެ ކަރަންޓީނާއި، ފަރުވާ ކުރުން ވަގުތުން ފަށާނަން. އަހަރުމެން މިކަމުން އަރައިގަންނާނީ އެކުއެކީގައި،" ޓްރަމްޕް ޓްވީޓްކުރެއްވިއެވެ.


ޓްރަމްޕުގެ ޑޮކްޓަރު ޝޯން ކޮންލޭ ބުނިގޮތުގައި އެމެރިކާގެ ރައީސާއި އަނބިކަނބަލުންވެސް މިވަގުތު ހާލު ރަނގަޅެވެ. އަދި އެ ދެ ބޭފުޅުން ބަލިން ސަލާމަތްވަންދެން ކަރަންޓީން ކުރައްވާނީ ވައިޓް ހައުސްގައެވެ.

މި ޓްވީޓުގެ ސަބަބުން މިހާރު އުފެދޭ ސުވާލަކީ ކެމްޕެއިނުގެ ބާކީ 31 ދުވަސް ދާނީ ކިހިނެއްތޯއެވެ. އަދި ބާކީ ޝެޑިއުލްކޮށްފައިވާ ދެ ރިޔާސީ ބަހުސަށް ވާނީ ކިހިނެއްތޯއެވެ.

"ވައިޓް ހައުސްގެ މެޑިކަލް ޓީމުންނާއި އަހަރެން، އެ ދެ ބޭފުޅުންގެ ހާލަތަށް ހާއްސަ ސަމާލުކަމެއް ދޭނަން. މިވަގުތު އުފަލާއެކީ ފާހަގަކުރަން މި ގައުމުގެ ބޮޑެތި ސިއްހީ މާހިރުންނާއި ސިއްހީ ސެންޓަރުތަކުން އަހަރުމެންނަށް ދެމުންދާ އެހީއަށް. ހީވާގޮތުގައި އެއްވެސް މެދުކެނޑުމެއްނެތި ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާނެ އާލާސްކަންފުޅުން ރަނގަޅުވަމުން ދާއިރުވެސް. އަދި އިތުރަށް ދިމާވާ ކަންކަން ހިއްސާ ކުރަމުން ދާނަން،" ކޮންލޭ ބުންޏެވެ.

"އަހަރުމެންގެ ހާލު ރަނގަޅު އަދި ކުރިއަށް ހުރި އެއްވުންތަކާއި މީޓިންގްތައް މިހާރު ވާނީ ލަސްކޮށްލާފަ. އެހެންވީމާ ސަލާމަތްތެރިކަމާއެކު އެންމެންވެސް ތިބެންވާނެ. މިކަމުން އަހަރުމެން އެންމެންނަށް އަރައިގަނެވޭނީ އެކު އެކީގައި." މެލާނިއާ ޓްރަމްޕް ޓްވީޓް ކުރެއްވިއެވެ.

ރައީސްގެ އެންމެ އަރިސް އެއް މުޝީރު ކަމަށްވާ ހޯޕް ހިކްސް ވެސް ވަނީ އިއްޔެ ކޮވިޑް-19 އަށްޕޮޒިޓިވްވެފައެވެ. މިއީ ޓްރަމްޕުގެ ކުރިން އެމެރިކާގެ އެންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ކޮވިޑް-19 ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހިކްސް ވަނީ ދާދި ފަހުންވެސް ޓްރަމްޕާއި މެލަނިއާ އާއި އެކު ދަތުރުފުޅު ކުރައްވާފައެވެ. މިގޮތުން މިދިޔަ އަންގާރަ ދުވަހު ޖޯ ބިޑެން އާއި ދެކޮޅަށް ރިޔާސީ ބަހުސަކަށް ވައިޓް ހައުސްގެ އިތުރު އިސްވެރިންނާއި އެކު ދަތުރުކުރައްވާފައިވެއެވެ.

ދުނިޔެއަށް ދިމާވެފައިވާ މި ބަލިމަޑުކަމުގައި ޓްރަމްޕުގެ އަމަލުފުޅުތައް ހުރިގޮތުން އެތައް ބައެއްގެ ފާޑުކިޔުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވެއެވެ. ޓްރަމްޕް ވަނީ ކުރިން ކޮވިޑް-19 އަކީ ފުލޯކު ވާހަކައެއް ކަމަށް ވިދާޅުވުމަށްފަހު، ފަހުން އެކަމާ ދެކޮޅުހައްދަވާ، ކޮވިޑް-19 އަކީ ރޯގާއެއް ކަމަށް އެއްބަސްވެޑައިގެންފައެވެ. އަދި  މާސްކު އެޅުމާއި ބެހޭގޮތުން ސިއްހީ މާހިރުންނާއި ދެކޮޅަށް ޓްރަމްޕު ދާދި ފަހުން ވާހަކަފުޅު ދެއްެވުުމުގެ ސަބަބުން އެތައް ބައެއް މަރުވި ކަމަށް އެން.ބީ.ސީ ނޫހުން ބުނެއެވެ. ނަމަވެސް ޓްރަމްޕް ވަނީ ފަހުން މާސްކެއް އަޅުއްވައިގެން ހުރި ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް19 ގެ 7 މިލިއަން ކޭސް ފެނިފައިވާއިރު، 205،000 އަށް ވުރެ ގިނަ މަރު ވަނީ ރިޕޯޓްކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *