ޖުމްހޫރީ ދުވަހުގެ ބަންދަށް މި އަހަރު ހަތަރު ދުވަސް ލިބޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމެވީ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވާ ބުދަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ވިދިގެން އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ހެއްދެވުމުން، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމުން އަންނަ ބުދަ ދުވަހުން ފެށިގެން، ހަފުތާބަންދާއެކު، ހަތަރު ދުވަސް ސަރުކާރު ބަންދުވާނެއެވެ. ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ސަރުކާރު އަލުން ހުޅުވޭނީ ނޮވެމްބަރު 15 ވާ އާދިއްތަ ދުވަހުއެވެ.



advertisment