Support Us

ކޮވިޑްގައި މަރުވެފައިވާ މޭޔަރު އަނެއްކާވެސް ރޯމޭނިއާގެ މޭޔަރު ކަމަށް އިންތިހާބުކޮށްފި

ރޯމާނިއާގެ މޭޔަރުކަމަށް އިއާން އެލިމޭން އިންތިހާބުކުރުމަށްފަހު، ޑެވެސެލޫ އަވަށުގެ މީހުން ފުރަތަމަ ދިޔައީ އޭނާގެ ގަބުރަށް ޒިޔާރަތްކޮށް، އުއްބައްތި ރޯކުރާށެވެ. އެލިމޭން އަކީ މީގެ ކުރިން ދެ ދައުރުގައިވެސް އެ އަވަށުގެ މޭޔަރެވެ. ނަމަވެސް މި އިންތިހާބުގެ 10 ދުވަސް ކުރިން އޭނާ ވަނީ ކޮވިޑް-19 ޖެހި، މަރުވެފައެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި އޭނާގެ ނަން ނެގުމުގެ ކުރިން އޭނާ ވަނީ މިބަލީގައި މަރުވެފައެވެ. އަދި 3000 މީހުންގެ މައްޗަށް އެކުލެވޭ މި ކުޑަ އަވަށުގެ އެންމެނަށް ކަހަލަ ގޮތަކަށް މި ހަބަރު ވަނީ ފޯރާފައެވެ. އިންތިހާބު އޮތް ދުވަހަކީ އެލިމޭންގެ 57 ވަނަ އުފަންދުވަހެވެ.

އެ އަވަށުގެ މީހުން އެލިމޭންއަށްޓަކައި އޮތް ލޯތްބާއި ގަދަރު ދައްކައިދިނީ އެދުވަހު އެލިމޭންއަށް ވޯޓުދީގެންނެވެ. ވޯޓުގެ ވަގުތީ ނަތީޖާ ނެރުނު އިރު 1600 ޖުމްލަ ވޯޓުން އެލިމޭންއަށް 1057 ވޯޓުގެ ބޮޑު އަގުލަބިއްޔަތެއް ލިބުނެވެ. އަދި ވޯޓަށްފަހު، އަވަށުގެ ރައްޔިތުން އޭނާގެ ގަބުރު ކައިރިއަށް ގޮސް، އުއްބައްތި ރޯކުރި ކަމަށް ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ބައެއް މީހުން ޓޯޗު ހިފައިގެން ގޮސް، 'މިއީ އެލިމޭންގެ ކާމިޔާބީ!' އަދި 'އަހަރުމެން އެލިމޭން އުފާކުރުވާނަން. އަހަރުމެންނަށް އެނގޭ އެލިމޭންއަށް މި މަންޒަރު ފެންނާނެކަން' ބުނަމުންދާތަން ފެނެއެވެ.

ޕީ.އެސް.ޑީގެ ނަމުން މަޝްހޫރު ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެލިމޭންއަކީ އެ އަވަށުގެ މީހުންގެ އިތުބާރާއި ތާއީދު އޮތް މޭޔަރެކެވެ.

ޕީ.އެސް.ޑީ އަކީ މިހާރު މުޅި ރޯމާނިއާ އިން އެހާ ތާއީދު އޮތް ޕާޓީއެއް ނޫން ނަމަވެސް މިއަހަރުގެ ޑިސެމްބަރުގައި އޮންނަ މަޖިލިސް އިންތިހާބުގައި ޑެވެސްލޫ އަވަށުން ޕީ.އެސް.ޑީ އަށް ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *