ވަޒަން: މެރާ ޖީވަން ކޮރާ ކާޣަޒް
ބަލާށެ ބެހެން ނަގާ ރާޅާ މިދާ ރާއްޖެ އޮޔާ
ލޯފުރާ، ލޯފުރާލާ ކަރުނަފާއްދާ އަންނަ ރޯޅިވަޔާ
ނިދި ލޮލަށް ރޭގަނޑު ނައިސްފައި، އުތުރިދާއި ޝުޢޫރު
ތަދު ފިލާނެ ގޮތެއް ނުފެނިފައި ވީވަގުތު މަޖުބޫރު
ރޯކުރާ އަލިފާން މިތަން ހަމަ ކޮށްފިޔޭ އަޅިޔާ
ހިނދުކޮޅެއް ހަމަނޭވައެއް، ލެވިދާތަނެއް ނުފެނޭ،
ޤަދަރުވެރިއެއް މަދަދުވެރިއެއް، އަދަކުވާ ނުފެނޭ،
ލޯބިވާ ދިވެހީންގެބިން އަދު ދިރި އޮތީ ކިރިޔާ
ވަޙްދަތާ ދީނަށްޓަކައި ކެރިގެން ނުކުންނާނީ
އަހަރެމެންނޫން ކޮންބައެއް މިތަނަށް ފިދާވާނީ
އޮހޮރުވަން ތެދުވޭ ދަލާ ދިވެހީންގެ ހޫނު ލެޔާ