...

Support Us

މާ ގިނައިން ތެލުލި ކުކުޅު ކެއި މާބަނޑު މީހެއްގެ ހާލު ސީރިއަސްވެއްޖެ

މާބަނޑު އަންހެނެއް ގިނަ ދުވަސްތަކެއް ވަންދެން ތެލުލި ކުކުޅު ކެއުމުގެ ސަބަބުން އޭނާ އާއި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލު ސީރިއަސްވެއްޖެއެވެ.

މިސް ލީ ކިޔާ މި މީހާގެ ލޭގެ ތެރެއިން ދެތިން ކޮތަޅު ފުރާ ސަރުބީ ނެގި ކަމަށް އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ބުންޏެވެ.

ހޮންގް ކޮންގްގައި ހުންނަ ކްލިފޯޑް ހޮސްޕިޓަލަށް ލީ ފުރަތަމަ ދިޔައީ ކުކުޅުތައް ކެއި ފަހުން ބަނޑުގައި ރިއްސާތީއެވެ. އޭރު ބަނޑަށް 32 ހަފްތާ ވެފައިވާއިރު ހޮސްޕިޓަލަށް ދިޔުމުގެ ތިން ދުވަސް ކުރިން ފެށިގެން އޭނާ އަށް ވަރަށް ގިނައިން ހޮޑުލެވުނު ކަމަށް ޑޮކްޓަރުން ގާތުގައި ލީ ބުންޏެވެ.

އެދުވަހުގެ ލޭގެ ޓެސްޓުން އެނގުނު ގޮތުގައި އާންމު މީހަކަށް ވުރެ 25 ގުނަ އިތުރަށް އޭނާގެ ލޭގައި ސަރުބީ ހުރިކަމަށް ދެއްކިއެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ނިންމީ އޭނާގެ ސިވިއަރ ޕެންކްރިއޭޓައިޓިސް ނުވަތަ ލޭގައި ފެޓްސް މާ ގިނަކަމަށެވެ. މި ބަލީގެ ސަބަބުން އެތެރެ ހަށީގެ ގުނަވަންތަކުގެ މަސައްކަތް މަޑުމަޑުން ހުއްޓި، ބަލިމީހާ އާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރު އޮތެވެ.

މިހެން ކަމުން ވަގުތުން ލީ އައި.ސީ.ޔޫ އަށް ފޮނުވާ، އޭނާގެ ލެއިން ހުރިހާ ސަރުބީތަކެއް ވަނީ ނަގާފައެވެ. މިގޮތުން އޭނާގެ ގައިން ވަނީ ދެތިން ކޮތަޅު ފުރާ ސަރުބީ ނަގައިފައެވެ.

މި ސާރޖަރީ އަށް ފަހު، ލީ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅުވުމާ ގުޅިގެން އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *