އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމަށް، ޖަމީލާ ޢަލީ ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ސަފީރުކަމަށް ޖަމީލާ ޢައްޔަންކުރެއްވީ، އެ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން ކުރައްވައި، ފަހުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސާކަން ވެސް ޖަމީލާ ވަނީ ކުރައްވައިފައެވެ. އަދި ޖަރުމަންވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަން ވެސް އެ ކަމަނާ ވަނީ ކުރައްވައިފައެވެ.



advertisment