Support Us

ސާކުން ބާއްވާ ތަދުތައް ކުޑަކުރުމާ ގުޅޭ ވޯކްޝޮޕެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި

ސާކުން ބާއްވާ ތަދުތައް ކުޑަކުރުމާ ގުޅޭ ވޯކްޝޮޕެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބާއްވަން ނިންމައިފިއެވެ. އއ. އުކުޅަހުގައި ބާއްވާ SAARC-AA ކޮންފަރެންސްގެ ރަސްމީ އިބްތިދާއީ (ޕްރީ-ކޮންފަރެންސް) ވޯކްޝޮޕް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮންނާނީ މާދަމާ އެވެ.

"އެޑްވާންސްޑް އިންޓަވެންޝަންސް އިން ކްރޮނިކް ޕެއިން މެނޭޖްމަންޓް" ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ތަދުތައް ކުޑަކުރުމާ ގުޅޭގޮތުން ބާއްވާ މި ވޯކްޝޮޕުގައި ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާއި ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާނެއެވެ. މި ވޯކްޝޮޕުގެ މަގުސަދަކީ އެންމެ ފަހުގެ ސިއްހީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އަމަލީ ތަމްރީނުތަކެއް ދިނުމެވެ." ޓްރީ ޓޮޕްގެ ބަޔާނެއްގައި ވެއެވެ.

"ސާކްގެ ދަށުން ބާއްވާ މި ބޮޑު ކޮންފަރެންސް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައެވެ. މިއީ ސާކްގެ މިފަދަ ބޮޑު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މިއީ މިކަން އިންތިޒާމުކުރާ ކޮމިޓީން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއްގެ ހަގީގަތް ކަމަށް އެ ކޮމިޓީން ފާހަގަކުރެއެވެ."

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަތުސަން ސްރީދަރް ޖީ ވިދާޅުވި ގޮތުގައި، މިފަދަ ވޯކްޝޮޕެއް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. މީގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ތަޖުރިބާ ހިއްސާކުރުމަށާއި، ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވޯކްޝޮޕުގެ މައިގަނޑު ބައިތައް:

މި ވޯކްޝޮޕް ހާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި، ނަރުހުން އަދި ސިއްހީ ދާއިރާގެ އެހެނިހެން ފަންނީ މުވައްޒަފުންނަށެވެ. މީގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ:

• ތަދު ކުޑަކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތައް.

• ބަލިމީހާއަށް އެންމެ ފައިދާހުރި ގޮތަށް ފަރުވާ ދިނުމުގެ މޮޑެލްތައް.

• ބަލިތަކަށް ފަރުވާ ދިނުމުގައި އާ ޓެކްނޮލޮޖީ ބޭނުންކުރުން.

"ބައިނަލްއަގުވާމީ މާހިރުންނާއެކު ބޭއްވޭ މި ވޯކްޝޮޕުގެ ސަބަބުން، ބައިވެރިންގެ އަމަލީ ހުނަރުތައް އިތުރުވެ، ސަރަހައްދީ ފެންވަރުގައި ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ."