Support Us

މި އަންހެން މީހާގެ ހިތް އޮންނަނީ އޭނާގެ ދަބަހުގައި

މިއީވެސް ދިރިއުޅުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެކެވެ. ސަލްވާ ހުސެއިން ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ މި އަންހެނަކީ، ހަ ގަޑިއިރުގެ ހިތުގެ އޮޕަރޭޝަނަކަށްފަހު މަސްނޫއީ ހިތެއް އޭނާގެ ދަބަހަށް ލައިގެން އުޅެން ޖެހިފައިވާ މީހެކެވެ.

އޭނާގެ އެތެރެހައްޓަށް ލޭ ދައުރުކޮށްދޭ މި މަސްނޫއީ ހިތް ހިނގަނީ ދެ ބެޓެރި ޕަމްޕާއި މޯޓަރެއްގެ އެހީގައެވެ. މީގެން ނިކުމެގެންދާ ދެ ހޮޅި ގޮސް ސަލްވާގެ ހަށިގަނޑުތެރެއަށް ވަންނަނީ ފޫޅު ތެރެއިންނެވެ. މި ހިތަކީ އޭނާ ދާ ކޮންމެ ތާކަށް ގެންދަންޖެހޭ ހިތެކެވެ. އަދި މި ހިތް މަސައްކަތް ކުރުން ހުއްޓިއްޖެނަމަ ކުއްލި ހާލަތެއްގައި ބޭނުންކުރަން އިތުރު ހިތެއް، އޭނާގެ ފިރިމީހާ ހުސެއިންގެ އަތުގައި އޮވެއެވެ.

ދެ ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 39 އަހަރުގެ ސަލްވާގެ ހިތް ހުއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ މީގެ ތިން އަހަރު ކުރިންނެވެ. ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ހާލު ދެރަކަމަށް ޑޮކްޓަރުން އޭރު ބުނެފައިވެއެވެ. އެހެންކަމުން އޭނާގެ ފިރިމީހާ ވަނީ އޭނާއަށް މަސްނޫއީ ހިތެއް ދިނުމަށް ޑޮކްޓަރުންނާ އެއްބަސްވެފައެވެ.

މިގޮތުން ސަލްވާގެ އަސްލު ހިތް ނެގުމަށްޓަކައި ހަ ގަޑިއިރު ހޭދަވިއިރު، މި އޮޕްރޭޝަންގެ އަގަކީ 116،000 ޑޮލަރެވެ. ހެއަރފީލްޑް ހޮސްޕިޓަލަކީ ހިތާއި ފުއްޕާމޭގެ އޮޕަރޭޝަން ތަކަށް މަޝްހޫރު ހޮސްޕިޓަލެކެވެ.

"އަހަރެން އުޅުނީ ވަރަށް ބަލިކޮށް އޮޕަރޭޝަންގެ ކުރިންވެސް އަދި ފަހުންވެސް. އޮޕަރޭޝަނަށް ފަހުވެސް އެހާ ދުވަސް ނެގި އެކަނި އުޅެލެވޭ ވަރަށް ފިޓުވާން. އެހެންވެ އެހާ ގިނަ ދުވަސްތަކެއް ހޮސްޕިޓަލުގަ ހޭދަކުރަންޖެހުނީވެސް." ސަލްވާ ބުންޏެވެ.

ސަލްވާގެ ހިތް ކުއްލި ގޮތަކަށް ހުއްޓެން ދިމާވީ ކާޑިއޯމަޔޯޕަތީ ކިޔާ ބައްޔެއްގެ ސަބަބުންނެވެ. މި ބައްޔަކީ ބަނޑުބޮޑުވުމުގެ ސަބަބުން، ވަރަށް ނާދިރު ހާލަތްތަކެއްގައި ބައެއް އަންހެނުންނަށް ޖެހޭ ބައްޔެކެވެ.

ސަލްވާއަކީ މިގޮތަށް އިނގިރޭސިވިލާތުގައި މަސްނޫއީ ހިތެއް ގެންގުޅޭ ދެވަނަ މީހާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *