Support Us

ހެލްސިންކީ އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓު ހަދަނީ ކުއްތާ ބޭނުންކޮށްގެން

ކުއްތާ މިހާރު ބޭނުންކުރެވެނީ ހަމައެކަނި މަސްތުވާ ތަކެތި ހޯދުމަށް އެކަންޏެއް ނޫނެވެ. މިގޮތުން ބައެއް ކުއްތާތަކަށް މިހާރު އެސޮރުމެންގެ ނޯށުން ކޮވިޑް-19ގެ ޓެސްޓުކޮށްލެވެއެވެ.

ފިންލޭންޑުގެ ހެލްސިންކީ އެއާޕޯޓުގައި މިހާރު ކޮވިޑް-19 ގެ ޓެސްޓު ކުރުމަށް ބޭނުންކުރަނީ އެކަމަށް ހާއްސަކޮށް ތަމްރީނު ކޮށްފައިވާ ކުއްތާތަކެކެވެ. މިގޮތުން މި ހަފްތާ ތެރޭގައި އެ ވައިގެ ބަނދަރުން ދަތުރުކުރާ ފަސިންޖަރުންގެ ކަރުގެ ވަސް ކުއްތާތައް ލައްވާ ވަނީ ބަލަން ފަށައިފައެވެ. އިތުރު 15 ކުއްތާއާއި 10 އިންސްޓްރަކްޓަރުންގެ ޓީމެއް މިހާރު ތަމްރީނު ކުރަމުންދާ ކަމަށްވެސް ވެއެވެ.

މި ކުއްތާތަކަށް ކޮވިޑް-19 ގެ އަލާމަތްތައް އިންސާނުންގެ ކިބައިން ފެނުމުގެ ފަސް ދުވަސް ކުރިން ނަގައިގަނެވޭ ކަމަށް ޕްރޮފެސަރ އަނާ ހީލްމަން ބުންޏެވެ. އަނާ އަކީ މި ޓްރަޔަލް ހިންގަމުންދާ ޔުނިވަރސިޓީ އޮފް ހެލްސިންކީގެ ޕްރޮފެސަރެކެވެ.

"މި ކުއްތާތައް ވަރަށް މޮޅު ކޮވިޑް-19 ދެނެގަންނަން. ސަތޭކަ ޕަސެންޓާ ގާތްކުރާ ވަރަށް ނަތީޖާތައް ތެދު،" އަނާ ބީ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުންޏެވެ.

މި ޓެސްޓް ކުރެވެނީ ފަސިންޖަރުންގެ ކަރު ފޮހެފައިވާ ފޮތިކޮޅެއް ނަގާ ކުއްތާތަކުގެ ކުރިމަތީގައި ބާއްވައިގެންނެވެ.

މި ޓެސްޓުކުރުންތައް ކާމިޔާބުވާނޭކަމުގެ އުންމީދު ބޮޑު ނަމަވެސް، މިކަމުގައި ހަދަންޖެހޭ އިތުރު ދިރާސާތަކެއް ވެއެވެ. އަދި މިހާރު ކުއްތާތައް ބޭނުންކޮށްގެން ޓެސްޓު ކުރެވޭ ފަސިންޖަރުން ވެސް އާދައިގެ ކޮވިޑް-19ގެ ޓެސްޓް ކުރާ ކަމަށްވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *