Support Us

ޓެކްސަސްގެ 84 އަހަރުގެ މީހަކަށް މަތީ ސާނަވީގެ ޑިޕްލޮމާ ލިބިއްޖެ

ކޮރެއާ ހަނގުރާމައިގައި ބައިވެރިވި ޓެކްސަސްގެ ސިފައިންގެ މީހަކު އޭނާގެ މަތީ ސާނަވީގެ ސަނަދު އުމުރުން 84 އަހަރުގައި ހޯދައިފިއެވެ.

ޕޯލް މެކީ އޭނާގެ ކިޔެވުން ދޫކޮށްލުމަށްފަހު ކޮރެއާ ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވާލައިފައި ވަނީ މީގެ 65 އަހަރު ކުރިންނެވެ. މެކީ ހަނގުރާމައަށް ނުދިޔަނަމަ އޭނާ 1954 ގައި ދަސްވެނިވާނެއެވެ. ނަމަވެސް އޭނާގެ ކިޔެވުން ނިމެން އަހަރަކަށް ވެފައިއޮއްވާ، އޭނާ ޔޫ.އެސްގެ މެރީންސްއާ ގުޅި ކޮރެއަން ހަނގުރާމައިގައި ބައިވެރިވާން ޖެހުމުގެ ސަބަބުން އޭނާގެ ކިޔެވުން އޭރު ވަނީ މެދުކެނޑިފައެވެ.

މި ސަނަދު އޭނާއަށް ދިނީ ޓެޒާކަނާ އިންޑިޕެންޑެންޓް ސްކޫލުންނެވެ.

"އޭރު ވަރަށް ގިނަ އެމެރިކާގެ ދަރިވަރުން ޖެހުނު ކިޔެވުން މެދުކަނޑާލާފައި ހަނގުރާމައިގައި ބައިވެރިވުމަށް ދާން. އެއީ ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެވުނު އަހަރުތަކެއް،" ސްކޫލުގެ ސްޕޯކްސްޕާސަން ކަމަށްވާ ޓީނާ ވީލް ގްރޫޗް ބުންޏެވެ.

ވީލް ގްރޫޗް އިތުރަށް ބުނިގޮތުގައި ޓެކްސަސްގެ ތައުލީމީ ކޯޑުގައި ވާގޮތުން ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ކޮރެއާގައި ނުވަތަ ވިއެޓްނާމުގައި ހަނގުރާމަކުރި ސިފައިންނަށް ޑިޕްލޮމާ ދިނުން ހުއްދަކުރެއެވެ.

މެކީ މީގެ ކުރިން ޖީ.އީ.ޑީ ނިންމުމުގެ އިތުރުން ކޮލެޖުންވެސް ވަނީ ދަސްވެނިވެފައެވެ. އޭނާ ބުނިގޮތުން މި ޑިޕްލޮމާ އާއެކު އޭނާގެ ކިޔެވުން ފުރިހަމަވީއެވެ.

"މިތަން ބަލަން ތިބި ހުރިހާ ކުދިންވެސް ވިސްނުންތެރިވާތި! ވިސްނުންތެރިކަމާއެކު މަދަރުސާއަށް ގޮސް ކިޔަވާތި!" ޓީވީ އަށް ދިން އިންޓަވިއުއެއްގައި މެކީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *