އެއީއޭ ބަސްމަގަށް އަޑުއެޅުނު ޢިއްޒަތްތެރިވި މިހުވަރަކީ
އެއީއޭ އަނދިރިކަން ފިލުވައިލަދިން ދުނިޔޭގެ ވިދުވަރަކީ
އެއީ ކިއްލާއެކޭ ގަދަފަދަ ހިމާޔަތުގައި އުފުލިގެންވީ
އެއީއޭ ކުލުނުގައި މިހިތާއި މޭ ފިރުމާލި ރޯޅިއަކީ
އެއީ ކުރިދަތުރު އަސްވާރޭ ވަޔާ އަތްވާއި ވާރޭގައި
އެއީއޭ ފުން ކަނޑުން އައްސޭރިއަށް ދަންމާލި ފާލަމަކީ
އެއީއޭ ކެކުޅުމާ ވޭނާ ތުރާތައް އުފުލި މޭފުޅަކީ
އެއީއޭ ބުރަތަކުން ކުރި ދަރަނިވެރި ހައިބަތުގެ ކޮނޑުފުޅަކީ
އެއީއޭ އިބުރަތާ ދަރެހުން ބިނާކުރި ދުނިޔެ ނާރެހަކީ
އެއީއޭ ހިކުމަތާ މަންޠިޤު ގުޅާލައިދެއްވި ވައުފަށަކީ
އެއީ އަސްލޭ ވުޖޫދުވުމަށް الهى މިންވަރުން ލައްވާ
އެއީއޭ ބޯލެނބުން ربއަށް ފަހުން އައުލާވި އަރިއަހަކީ
