މީރުވަސް މާމަލުގެ ލިބިދިން މޫސުމުގެ މީ ތަހުނިޔާ
ރީތިކަން ނަފުސަށް ގެނެސްދިން ޒީނަތުގެ މީ ތަހުނިޔާ
ހިތުގެ އާރުން ފޫދިގެން އައި މިތުރުވެރި ކޯރުން ދެމޭ
ފިޠުރުޢީދުގެ މީރުފެން އޮހޮރާލަދޭ މީ ތަހުނިޔާ
ރޯދައިން ތަޤުވާގެ ލެއްވެވި ޠޯހިރީ ފޭރާމުގައި
ލޯބިވެތި ޒިކުރާގެ ކަރުނުން ލޯފުރޭ މީ ތަހުނިޔާ
ލޭގެ ގުޅުމެއް ހުއްޓަކަސް ނެތަކަސް ދިވެހި އަދި މުސްލިމީ
ލޭފަވެތި އަޚުނާއި އުޚުތުންނަށް ކިޔާ މީ ތަހުނިޔާ
