ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށް ދެއްވައި، ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަން މެޑަލާއި ތަށި ދެއްވައިފިއެވެ.
ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މާޒިޔާއާ ވާދަކޮށް އޮޑި ކާމިޔާބުކުރީ ކުޅުމުގެ ވަގުތު ނިމުނު އިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5އިން މޮޅުވެގެންނެވެ.
ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވައިފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.



advertisment