ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށްގެންދާ ދޮރުންދޮރަށް ހަރަކާތުގައި، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދުގެ މެންދުރުފަހު އޮތް ދޮރުންދޮރަށް ހަރަކާތުގައި މައްޗަންގޮޅި މެދު ދާއިރާގެ ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. އަދި މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
މިއަދުގެ ދޮރުންދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައެއް ވަޒީރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޖެނެރަލް މޫސާ ޢަލީ ޖަލީލާއި މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ އިންތިހާބުގައި، ލޯކަލް ކައުންސިލްތަކަށް 681 މެމްބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މެމްބަރުން ހޮވާނެ އެވެ. މި އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކައުންސިލް ގޮނޑިއަށް 665 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 658 ކެންޑިޑޭޓުން ވާދަކުރެ އެވެ.



advertisment