Support Us

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ، 30، އެވެ.

ފުލުހުން ބުނީ މި މަހު 13 ވަނަ ދުވަހު މެންދުރު 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒް ޢަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށެވެ.

"ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 5.15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ." ފުލުހުން ބުންޏެވެ.

"އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *