އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ އައުޓްލެޓް ރޭ ހުޅުވައިފިއެވެ.
ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައި މި ފިހާރަ ހުޅުވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދެވެ.

"ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓީއޯގެ ފިހާރައެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން، ހުޅުވިގެން ދިޔަ މި އައުޓްލެޓާ އެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ, ހަކުރު އަދި ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެންދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެއެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ." އެސްޓީއޯގެ ބަޔާނެއްގައި ބުންޏެވެ.
"މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތް.ތާނގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ. މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތާނގައިވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބިގެންދާނެއެވެ."
މި ފިހާރަ ހުޅުވާފައި ހުންނަ ގަޑިތައް:
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު: 22:00 – 08:30
ހުކުރު ދުވަހު: ހަވީރު 22:00 – 16:00



advertisment

