Support Us

ހިޔާ ޓަވަރު 6ގެ އާ ލިފްޓަށް ބަޔަކު މިއަދު އަރަނީ... އަދިވެސް ފޮޓޯ: ޖޫލް ޝަހީބު

ހިޔާގެ އަށް ޓަވަރެއްގައި އާ ލިފްޓުގެ ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އާ ލިފްޓް ހަރުކުރުމުގެ މަޝްރޫއުގެ ދަށުން އަށް ޓަވަރެއްގައި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.

ފަންސަވީސް ބުރީގެ ޖުމްލަ 16 ޓަވަރުގެ ހިޔާ އަވަށުގައި، އެންމެ ފަހުން ހުޅުވައިލީ އަށް ވަނަ ޓަވަރުގެ ލިފްޓުތަކެވެ. މީގެ ކުރިން ވަނީ އަނެއް ހަތް ޓަވަރުގެ ލިފްޓުތައް ބޭނުންކުރަން ފަށައިފައެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ، އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އާ ލިފްޓް ހަރުކުރުމުގެ މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި ސްޓްރެޗަރ އެރުވޭ ވަރުގެ ބޮޑު ދެ ލިފްޓު ހަރުކުރެއެވެ. އެއީ ޖުމްލަ 32 ލިފްޓެވެ.

ހިޔާ ޓަވަރު 6ގެ އާ ލިފްޓަށް ބަޔަކު މިއަދު އަރަނީ… އަދިވެސް ފޮޓޯ: ޖޫލް ޝަހީބު

އާ ލިފްޓްތައް ހަރުކުރުމުގެ އަދާހަމަ:

  • ޓަވަރު 1، 2، 3، 4، 5، 6، 7، 8: މަސައްކަތް ނިމި ބޭނުންކުރަން ފަށައިފައި
  • ބާކީ ހުރި ހުރިހައި ޓަވަރެއްގައި ވެސް ދަގަނޑުގެ މަސައްކަތް ނިމިފައި
  • 13 ވަނަ ޓަވަރާ ހަމައަށް ލިފްޓް ހަރުކޮށް، މިހާރު ކުރިއަށް ދަނީ ޓެސްޓުކުރުމުގެ މަރުހަލާ
  • ޓަވަރު 14، 15، 16: ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
  • ޓަވަރު 9، 10، 11، 12: ކްލެޑިން ޖެހުމާއި ފްރޭމް އިންސްޓަލޭޝަން ކުރިއަށްދަނީ
  • ޓަވަރު 11، 12: ފްރޭމް ފެބްރިކޭޝަން މަސައްކަތް ކުރިއަށްދަނީ
  • ޓަވަރު 16: ފްލޯތަކާ ލިފްޓް ގުޅުވައިލުމުގެ މަސައްކަތް ކުރިއަށް ދަނީ

 

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް ފެށީ 18 އެޕްރީލް 2024 ގައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި