އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓް ތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން %70 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި މީގެ އިތުރުން، މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރިކުރާ ދެ މީހަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީޕަލްސް ޗޮއިސުން މިއަދު ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ފިލިޕްސް ސައުންޑް ބާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ކުރިއަށް އޮތްތާ ވެސް އެސްޓީއޯއިން 61 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްކަގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާއްމު ކުރެވިގެންދާނެއެވެ." އެސްޓީއޯ އިން ބުނެއެވެ.
"މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށްގެންދާ "ސްކެވެންޖަރ ހަންޓް" އެވެ. އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރ) ފޮރުވިފައިވާ "ހިންޓް"ތައް ބޭނުންކޮށްގެން އަރަތެއް ފުރިހަމަކުރެވޭ ފުރަތަމަ ފަރާތަށް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ."



advertisment

