އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޔާޒް ޙަސަން ލިޔުއްވައިފައިވާ "ދިރާސާކުރާނެ ފަސޭހަ ގޮތްތައް" ވިލާ ކޮލެޖުން މިއަދު ނެރެފިއެވެ.
މިފޮތް ނެރުމަށް ވިލާ ކޮލެޖުގައި ބޭއްވި ހަފުލާއެއްގައި މިފޮތް ނެރެދެއްވީ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބާއި ފޮތުގެ މުޞައްނިފް ފަޔާޒު ޙަސަނެވެ.
ޖުމްލަ 208 ސޮފުހާގެ މިފޮތް އެކުލެވިގެންވަނީ 13 ޗެޕްޓަރގެ މައްޗަށެވެ.
ދިރާސާކުރަން ފަސޭހަ ގޮތްތައް މިފޮތް އަމާޒުކުރެވިފައިވަނީ މަތީ ތަޢުލީމް ހާސިލުކުރާ ދަރިވަރުންނާއި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ އުސްތާޛުންނަށެވެ. މިއީ އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ޢިލްމީ ފޮތެކެވެ. ދިރާސާކުރުމުގައި ޝާމިލުވާ ހުރިހާ މައުޟޫޢުއަކަށް މިފޮތުގައި އަލިއަޅުވާފައިވެއެވެ. ދިރާސާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް މިފޮތަކީ މުހިންމު ވަސީލަތެކެވެ.
މިފޮތަކީ ފަޔާޒު ލިޔުއްވި ނުވަ ވަނަ ފޮތެވެ.
މިފޮތް ލިބެން ހުންނާނީ ވިލާ ކޮލެޖުންނެވެ. މިފޮތުގެ އަގަކީ 175ރ. އެވެ.




advertisment