Support Us

5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ރައީސްގެ ދެކަނބަލުން ދުވާފަރުގައި ރުއް އިންދަވައިފި

"ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރ. ދުވާފަރުގައި މިއަދު ދިވެހި ރުއް އިންދަވައިދެއްވައިފިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގައި ޙަޤީޤީ ކުލަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ގެންދަވަނީ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލީ ނިޒާމުތައް ހިމާޔަތްކޮށް، ދެމެހެއްޓުމަށާއި، މިހާރުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ވެށީގެ ރީތިކަމާއި މުއްސަނދިކަން ފޯރުކޮށްދިނުމަށް އެހީވެދޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމެނޭހެން 967،431 ގަސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިންދައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް