ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ހާއްޔަކާއި ވޭޕް ވިއްކާ ފޭސްބުކް ޕޭޖެއް ފުލުހުން އަތުލައިގެންފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.
މީގެ އިތުރުން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



advertisment