ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ސްޕޯޓް މިނިސްޓަރު އަޙްމަދު މަޚްލޫފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޖަޕާނުގައި ކުރިން ހުންނެވި ސަފީރު ހަސަން ސޯބިރު މި އަހަރު ޖުލައި 28 ގައި ވަނީ އަވަހާރަވެފައެވެ.



advertisment