ޖުމްލަ 72 ބިޔަރު ދަޅާއެކު ހުޅުމާލެއިން ބަންގާޅީއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޝަމީމް އަހައްމަދު، 31، އިއްޔެ ހައްޔަރުކުރީ ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން އޭނާ ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅުތަކެއް ފެނިގެން ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment