ވާނެބާ ނޫންބާއޭ ހީވެ ހިތާހިތުން ރޮވޭ
ޖާނުގައި ނެތްބާރުން ބާރުލަމުން އެނަން ގޮވޭ
ހުޅިފުޅުން ފުޅުގެ ވިދާ ވިދުވަރު ފެނިދާނެ ހިތާ
ހުޅުވިލާހާ ދޮރަކުން ބޯދީގެން ބަލަން އޮވޭ
ތިން އަޚުން ނަންކިޔުމުން ވިންކުރެވެން ވާނެ ހިތާ
އިންމަތީގައި ހުރެއޭ ހިންދިރުވަން ހިތުން ހޮވޭ
ރަތްފަށުވި މަޚުމަލް އެޅި ދޫލަމަތިން ދާށަ ހިތާ
އަތް ފަޔާ މޫނު ލޮލާ ދެއިރު ކުކުންފެނުން ދޮވޭ
ފޮއިމަތީ ނޫންއިރު ވެސް މޫސުމެކޭ މިއީ ހިތާ
އޮއިދެމޭ ކޯރުތެރޭ ޣަރަޤުވިޔަސް ފަތަން އޮވޭ
ފަހަރު ފަހަރަށް ކުރެވޭ ފިކުރުތަކުން ހިތާހިތާ
ޒަހަރު،ޝަރުބަތު ކަމުގައި ހީވެ ތިމާ އަތުން ބޮވޭ
