ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ފަސް ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާތަނަށް ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން މެންބަރުކަމަށް މި ފަސްބޭފުޅުން ޢައްޔަންކުރައްވާފައި ވަނީ ނޮވެންބަރު 29 ގަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވި މެމްބަރުން
- ޙަސަން ނާޞިޙް އަޙްމަދު، މާވަހި، ސ.ހިތަދޫ
- އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
- އަލްއުސްތާޛާ ޢާއިޝަތު އިޝާ، ހމ. ފްލެޓް ނަންބަރު 02-2-88،
- އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް ގަސްދޮށުގެ، ގއ. ނިލަންދޫ
- އަޙްމަދު ޔާމީން ބީޗްކޯނަރ، ގދ. ގައްދޫ



advertisment