ހުޅުމާލެ ފޭސް ދޭކުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ޝިބާ ރަޝީދު، ސިކްސް ސެންސް، ރ. ދުވާފަރު، މިދިޔަ ހުކުރު ދުވަހުގެ 05:55 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ގެޔަކުން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ވެސް އެ ދުވަހު ކަމަށެވެ.
"އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާ ގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައިވެއެވެ. އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިނުވެއެވެ.،" ފުލުހުންގެ ބަޔާނެއްގައި ވެއެވެ.
"އެހެންކަމުން، ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment