Support Us

ކިނބުލެއްގެ ކަރުގައި އޮޅިފައިވާ ފުރޮޅެއް ނަގައިދޭ މީހަކަށް އިނާމެއް!

ފުރޮޅެއް ކަރުގައި އެޅިފައި އޮތް ކިނބުލެއް ސަލާމަތްކޮށްދިން މީހަކަށް އިނާމެއް ހުށަހަޅަފިއެވެ. ޕާލޫގެ ނަމުން ނަން ދީފައިވާ މި ކިނބޫ އޮތީ އިންޑޮނޭޝިއާގެ ސެންޓްރަލް ސުލަވެސީގައެވެ. ކިނބުލުގެ ކަރުގައި އެޅިފައި އޮތް ފުރޮޅު ނައްޓާލުމަށް މަސައްކަތް ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.

ތޭރަ ފޫޓުގެ ކިނބޫ ސަލާމަތް ކުރުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށް ކާމިޔާބުވުނުމުން ކިނބުލަށް ލިބިފައިވާ ގެއްލުން އިތުރުވަމުންދާ ކަމަށް ވެއެވެ. ކިނބޫ ސަލާމަތްކޮށްދޭ މީހަކަށް ޕްރޮވިންސްގެ ގަވަރުނަރު އިނާމެއް ދޭން ހުށަހަޅައިފައި ވަނީވެސް މިކަމުގެ ސަބަބުންނެވެ. ނަމަވެސް މިކަން ކާމިޔާބު ކުރާ މީހަކަށް ދޭ އިނާމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ލޯކަލް ކޮންޒަރވޭޝަން އޮތޯރިޓީތަކުން ވެސް ވަނީ މި ކިނބޫ ސަލާމަތްކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. ލަފާކުރެވޭ ގޮތުން މިހާރު މި މަސައްކަތަށް އެންމެ އެކަށީގެންވަނީ ކިނބުލާ ބެހޭ ކުރީގެ މާހިރެއް ކަމަށްވާ ސްޓީވް އަރވިންއެވެ.

"އާންމު ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެދެނީ ކިނބުލާ މާ ކައިރި ނުވުމަށް. އަދި އެސޮރަށް ގޯނާ ނުކުރުމަށް،" ސެންޓްރަލް ސުލަވެސީގެ ނެޗުރަލް ރިސޯސަސް ކޮންޒަވޭޝަން އޭޖެންސީގެ އިސް ވެރިޔާ ހަސްމޫނީ ހަސްމަރް ބުންޏެވެ.

އަދި އޭނާ ބުނިގޮތުގައި ކިނބޫ ސަލާމަތް ކުރަން އެދުނީ އާންމު ރައްޔިތުންގެ ކިބައިންނެއް ނޫނެވެ. ނަމަވެސް ވައިލްޑްލައިފް ރެސްކިއުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންގެ ކިބައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *