Support Us

ޓްރީ ޓޮޕްގެ ޑިސެމްބަރު ހިތާނީ ކޭމްޕަށް ރަޖިސްޓްރީކުރަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ދެވަނަ ހިތާނީ ކޭމްޕު ޑިސެމްބަރުގައި ބާއްވަން ނިންމައި ރަޖިސްޓްރީކުރަން ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕުން ބުނީ ދެވަނަ ޚިތާނީ ކޭމްޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު 18ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވައިލައިފައިވާ ކަމަށެވެ.

ހިތާނީ ކޭމްޕްގެ ތަފްސީލް:

  • ޕެކޭޖް އަގު: 5,500ރ. (އާސަންދައަށް ފަހު)
  • ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 26 ނޮވެމްބަރު 2025 އިން 18 ޑިސެމްބަރު 2025 ގެ ނިޔަލަށް
  • ޕްރޮސީޖަރ ތާރީޚްތައް: 20 ޑިސެމްބަރު 2025 އިން 24 ޖެނުއަރީ 2026 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުޞަތު

ޓްރީ ޓޮޕުން ބުނާ ގޮތުގައި މި ހިތާނީ ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދު ކަމަށް ވެސް ޓްރީ ޓޮޕުން ބުނެއެވެ.

"އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި. މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް،" ޓޮޕުން ބުނެއެވެ.