ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
ރާއްޖޭގައި ޤާއިމުކުރާ މި ފަދަ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވާފައިވަނީ މި ނޮވެންބަރު މަހުގެ 20 ގައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑުއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment