ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައިފާސްކޮށް ތައިލެންޑް ތިން އަންހެނަކާއި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މީހުން އެކި މުއްދަތަށް ވަނީ ބަންދުކޮށްފައެވެ.
ހައްޔަރުކޮށްފައިވާ މީހުންނާއި ބަންދު
- މުޙައްމަދު ސަމާމް ރަޝީދު، 28، ރިވެލި، ގއ. ވިލިނގިލި (5 ދުވަހަށް ބަންދު)
- ޖުންޕެން ކުމްބޮންޕިޓަކް، 38، (3 ދުވަހަށް ބަންދު)
- ޕަޓްޗަރިދާ ބަންނަބޮޑީ، 24 (30 ދުވަހަށް ބަންދު)
- ސުޕަވަޑީ ޖޮމްޓަރަކު, 21, (3 ދުވަހަށް ބަންދު)
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



advertisment