Support Us

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލުކުރުމަށް ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

"ތައުލީމީ މާހައުލުގައި ހައްދުފަހަނަޅައިދިއުމުގެ މައްސަލަ ހައްލުކުރުން- އަމަލީ މިސާލުތައް" މި ނަމުގައި ހދ. ހުޅުދުއްފުށީގައި އިއްޔެ ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 މީހަކު ބައިވެރިވިއެވެ.

ތައުލީމާއި ފިކުރުގެ ދާއިރާގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވި މި ތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ހައްދުފަހަނަޅައި ދިއުމުގެ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންގެ މެދުގައި ހައްދުފަހަނަޅައި ދިއުމަށް މެދުވެރިވާ އާންމު ސަބަބުތައް އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ތައުލީމީ މާހިރުންނަށް ފޯރުކޮށްދިނުން ކަމަށް އައިއެމްސީޓީސީން ބުނެއެވެ.

އެގޮތުން ތަމްރީން ޕްރޮގްރާމުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން ދެނެގަނެ, އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ކެތްތެރިކަމާއެކު އެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް އައިއެމްސީޓީސީން ބުނެއެވެ.

"މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީގެ މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި އެކަންކަމާ ދެކޮޅަށް މީޑިއާތަކާއި އަސްކަރީ އަދި މާލީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން، ހައްދުފަހަނަޅާފައިވާ ފިކުރުތަކާ ކުރިމަތިލުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތުގެ ތެރެއިން "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ދަށުން ބޭއްވި ޕްރޮގްރާމެކެވެ." އައިއެމްސީޓީސީގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *