ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުއްޓަށް ވަޑައިގެން ސްޓެލްކޯ އިން އެ ރަށުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕްރޮޖެކްޓްގެ ތަފްޞީލް:
• މަސައްކަތް ފެށި ތާރީޚް: 26 ޖޫން 2024
• މަސައްކަތް ނިމުނު ތާރީޚް: 30 އޭޕްރީލް 2025
• ކޮންޓްރެކްޓަރ: ސަންވިލް ޕވޓ ލޓޑ
• މަސައްކަތުގެ އަގު: 12،535،490.33ރ.
އައު އިންޖީނުގޭގެ ތަފްޞީލް:
• ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީ: 2.2 މެގަވޮޓް (2،200 ކިލޯވޮޓް)
• އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީ: 7 މެގަވޮޓް (7،000 ކިލޯވޮޓް)
• އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ



advertisment

