ސްޓެލްކޯއަށް އިޚުލާސްތެރި ޚިދުމަތްތަކެއްކޮށް، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ޝަމާހު ރަޝީދެވެ. މި ހަފުލާގައި ސްޓެލްކޯގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ޝަރަފްވެރިކަމާއެކު ޚިދުމަތުން ރިޓަޔަރކުރި މުވައްޒަފުން:
- އަޙްމަދު ސަމީރު، ސީނިއަރ ސްޓޭޝަން ސުޕަރވައިޒަރ- ޚިދުމަތުގައި 28 އަހަރު
- އިބްރާހިމް އަޙްމަދު، ސުޕަރވައިޒަރ، ޚިދުމަތުގައި 5 އަހަރު



advertisment

