ކޮންމެ މީހަކުވެސް މަ ހޯދަން ހާދަ އެބަ ހިތްވަރު ކުރޭ
އެންމެނަށް ކަމުދާ މަވެއްޖޭ އެއްޗަކަށް ދުނިޔޭ ތެރޭ
ބިޔަ ބޮޑެތި މާ އިސްކޮޅުން ބޮޑު ބޫތުތައްވެސް ނުކުޅެދޭ
މިއަދު އަހަރެންދޭ އިތުރު ޚިދްމަތްތަކެއް ބައިވަރު ހުރޭ
ފެންނަފަށުގައި ފޯނުކައިރީ ނަންބަރާ ނަން އޮތް ފޮތެއް
ނެތްކަމަކު އަހަރެންގެ އަތުގައި އެ ހުރިހައި އެއްޗެއް ހުރޭ
މޮޅުކަމުން އަހަރެން މިއަދު ސެލްފީނަގައި ވިޑިއޯކުރަން
މޮޅު ބޮޑެތި ކެމެރާ ނުވިކި އެކަމާ ވަރަށް ޝަކުވާ ކުރޭ
އިނދެ ނެޓަށްވެސް ވަދެލެވޭ ބަސްފޮތްވިޔަސް ހުޅުވައިލެވޭ
ނުދެވެނީ ކޮން ޚިދުމަތެއް، ބޭނުންކަމެއް ވިއްޔާ ކުރޭ
އެކިދުލުގެ އަޑުތައް އަހައި، އެކި ލޮލުގެ ޙަރަކާތްތައްބަލައި
އެކިޝަހަރުގައި ތިބެ އެކީ، ޖަލްސާ މަށަށް ކޮށްދޭން ކެރޭ
ގަދަވި މިންވަރަކީ މިއީއޭ އަދު މަގޭ ބާރާ ނުފޫޒް
ހިނދުކޮޅަކުވެސް ނޫޅެވޭ އަހަރެން ނެތިއްޔާ އަތުތެރޭ