Support Us

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މަޖީދީ މަގު، ރަށްދެބައި މަގު، އަލިކިލޭގެފާނު މަގު އަދި ދަނބުރުށް ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯގެ ބަޔާނެއްގައި ބުނީ އެ ސަރަހައްދުތަކުން "ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާއި 10:45 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް" ކަމަށާއި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.