Support Us

އެސްއެމްޔޫގެ ލީޑަޝިޕް ޕްރޮގްރާމް ބީ.އެމް.އެލްގެ 20 މުވައްޒަފުން ފުރިހަމަކޮށްފި

ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީގެ (އެސްއެމްޔޫ) ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ބީ.އެމް.އެލްގެ 20 މުވައްޒަފުން ފުރިހަމަކޮށް ދަސްވެނިވުން ފާހަގަކޮށްފިއެވެ.

އަށާރަ މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެން ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ. މިއީ މުވައްޒަފުންނަށް ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި ލީޑަޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، އިތުރު 20 މުވައްޒަފަކު ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ.

"އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނަޝިޕަކީ ބަދަލުވަމުންދާ މާކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑަޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ،" ޝަރީފު ވިދާޅުވިއެވެ.

"ބީއެމްއެލް އެކަޑަމީއަކީ މި ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީއިން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެއެވެ. މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ މި މުހިންމު މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް ވަނީ ލިބިފައެވެ." ބީ.އެމް.އެލް އިން ބުނެއެވެ.