އެމް.ޕީ.އެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ފޯރުކޮށްދޭނެއެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ:
1 – މާކެޓިން އެންޑް ޕީ.އާރް
2 – އެޑްމިން
3 – ފައިނޭންސް
4 – ޕްރޮކިއުމަންޓް
5 – އިންފޮމޭޝަން ޓެކްނޮލޮޖީ
6 – އިންޖިނިއަރިން
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރު ނުވުމާއި ގްރޭޑް 10ގެ ތަޢުލީމް ނިންމާފައިވުމެވެ.
"މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/HkhUZ77Lmev4kGfU8 ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު (ސީވީ)، ސްކޫލް ލީވިންގ ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 25 އޮކްޓޫބަރ 2023 ވާ ބުދަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިންނެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް، އެމް.ޕީ.އެލްގެ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ ldd@port.mv އަށް އީމެއިލްކުރެއްވުމަށް އެދެމެވެ." އެމް.ޕީ.އެލްގެ ބަޔާނުގައިވެއެވެ.
އެމް.ޕީ.އެލްގެ އިންޓާރންޝިޕް ޕްރޮގްރާމަކީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް، ވަޒީފާގެ މާޙައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. މިހާތަނަށް 30އަށްވުރެ ގިނަ ކުދިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
"މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް "މެންޓަރ"ގެ ގޮތުގައި މި ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުން އެޓޭޗްކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގައި މި މުވައްޒަފުން ހަރަކާތްތެރިވާނެއެވެ."



advertisment

