މި ކަމުގެ ފަހަތުގައި ސިއްރެއް ނުވެއެވެ.
(ރާއްޖޭގައި ވެސް މިހާރު ގިނަ އަދަދަކަށް ވަޒީފާ އަދާކުރާ، ދެކުނުއިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ) ފިލިޕީންސް އަންހެނުން ރީތިކަމަށް ދައްކަނީ އެ ގައުމުގައި (ފިލިޕީންސްގައި) ސްޓްރެސްއެއް (ސިކުނޑިއަށް ފިކުރުކުރަން ޖެހޭ ކަމެއް) ނެތީމައެވެ.
އަހަރެން މިހާރު މި ތާނގައި އުޅޭތާ ތިން އަހަރު ވެއްޖެއެވެ. އަދި އެ ކަނބަލުންގެ ހަގީގީ އުމުރު ފެންނަ، ފިލިޕީންސްގެ އެއްވެސް އަންހެނަކު މިހާތަނަށް ނުދެކެމެވެ.
އަހަރެންގެ އަންހެނުންގެ ގާތުގައި އަހަރެންނަށް އެދެން ޖެހުނީ އޭނާއަކީ ފިލިޕީންސްގެ ރައްޔިތެއްކަން އަންގައިދޭ އައިޑެންޓިޓީ ކާޑު ދައްކައިށެވެ. އެއީ އޭނާގެ އުމުރަކީ 50 އަހަރުކަން އަހަރެންނަށް ގަބޫލު ކުރެވުމުގެ ކުރިންނެވެ. އޭނާ ފެންނަނީ އުމުރުން 30 އަހަރުގެ އަންހެނެއްގެ ސިފައިގައެވެ.
(މިހެންވެ) އޭނާއާ ހެދި އަހަރެން މިއީ މުސްކުޅި ފާޑު ޖަހައި މީހެއް ހެއްޔެވެ؟ (ހިނިގަނޑެއް ޖަހައިލައިފައި) އަހަރެންނަށް ހޯދުނު ގޮތުގައި މި ތާނގައި ދިރުއުޅުން ވަރަށް ސާދާވެފައި އަދި ކުރިއަށް ދަނީ މަޑު ދުވެއްޔެއްގައެވެ.

ފިލިޕީންސްގެ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި ދުނިޔޭގެ އެހެން ގައުމުތަކުން މިސާލެއްގެ ގޮތުގައި ނަގަން ވެއްޖެއެވެ.
ސިއްހީ ގޮތުން ރަނގަޅު ކާބޯތަކެތި، ތާޒާ ވައި، އަދި ކަންތައްތަކާމެދު އާދައިގެ ގޮތަކަށް ދެކިގެން އުޅުމަކީ މި ކަމުގެ ތަޅުދަނޑިއެވެ.
މެންދުރުގެ ނާސްތާއަށް ފަހު ކުޑަކޮށް ނިދައިލުމަކީ ވެސް އެހީއަކަށްވެއެވެ.
