Support Us

މޯލްޑިވިއަންގެ އިންޑިއާ ދަތުރުތައް އެއަރބަސް އޭ320 ގައި

މޯލްޑިވިއަނުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ކުރާ ދަތުރުތައް ޒަމާނީ އެއަރބަސް އޭ320 މަތިންދާބޯޓުން ގައި ކުރާ ގޮތަށް ނިންމައިފިއެވެ.

މި ބަދަލާ އެކު އަގުހެޔޮކޮމާއި އަރާމުކަމާ އެކުގައި މި ދެ ސިޓީ އަށް ސީދާ ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ފަހިވެގެން ދާނެއެވެ. މި މަތިންދާބޯޓަކީ ޖާގައިގެ ގޮތުން ތަނަވަސް، ޖުމްލަ 152 ގޮނޑި ހިމެނޭ އުޅަނދެކެވެ. އެއީ 14 ޕްރީމިއަމް އިކޮނޮމީ ގޮނޑިއާއި 138 އިކޮނޮމީ ކްލާސް ގޮނޑިއެވެ.

އިންޑިއާ ދެކޮޅު ޓިކެޓް އަގުތައް ދިވެހިންނަށް:

ކޮޗިން- 176 އެމެރިކާ ޑޮލަރު

ޓްރިވެންޑްރަމް- 232 އެމެރިކާ ޑޮލަރު

ހަނިމާދޫ- ޓްރިވެންޑްރަމް- 337 އެމެރިކާ ޑޮލަރު (މި ދަތުރުތަކުގައި ބޭނުންކުރަނީ ޑީއެޗް3 މަތިންދާބޯޓެވެ)

ޓިކެޓު މޯލްޑިވިއަން ވެބްސައިޓު މެދުވެރިކޮށް ނުވަތަ އެޕް މެދުވެރިކޮށް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ ރެޖިސްޓަރޑް ޕެސެންޖަރ ސޭލްސް މެދުވެރިކޮށް ވެސް ލިބޭނެއެވެ. އަދި މޯލްޑިވިއަންގެ 7/24 ހޮޓްލައިން 1671 އަށް ގުޅުއްވައިގެން ވެސް ލިބޭނެއެވެ.