Support Us

ކޮލަމް ތަޖޫގެ ދުލުން

ވެލާ އޯކޭއެއް ނޫނެވެ.

ކަލެއަކީ ހާދަ ގޮތެއް ނެތް މީހެކެވެ. އިހުސާންތެރިކަމެއް އަދި އަމުދުން ނެތެވެ. މީހަކަށް ގަދަރުނުކުރާތާ ދިރޭ އެއްޗަކަށް ވެސް ރަހުމެއް ނުކުރެއެވެ. ކޮންމެ ކަމެއްކޮށް ތި ނިންމައިލަނީ ތިމާގެ އަމިއްލަ ފައިދާއަށެވެ. ވަގުތީ މަންފާއަށެވެ. ކަލޭގެ ޖީބު ބޮޑުވަންޏާ ކަލެއަށް އެވީއެވެ. ރަހުމާއި ކުލުނު އެއީ ކަލޭ ދަންނަ އެއްޗެއްނޫނެވެ. އެހެން ނޫންނަމަ ވެލާކަހަނބަށް ކަލޭ ތިކުރާ އަނިޔާއެއް ނުކުރީހެވެ.

ޒަމާނުއްސުރެ މުޅި އަތޮޅުގައި ވެސް އެންމެ ގިނައިން ވެލާކަނހަބު އަރާ ރަށަކީ ތިޔައީ ދޯއެވެ؟ ވެލާއަރާ މޫސުމަށް ނުނިދާ ހުރެގެން ކަލޭ ހިންގި ޖަރީމާތަކުގެ ވާހަކަ އަހަރެން ކިޔައިދީފިއްޔާ ލޮލެއް ނެތް މީހަކު ލޮލެއް ކުއްޔަށް ހިފައިގެން ވެސް ރޯނެއެވެ. ތި ރަށަށް އަރާ ވެލާކަހަނބަށް ދިން ހަމަލާތައް އެންމެ ވައްތަރުވާނީ ސަރބު ސިފައިން ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުއާއެވެ. އެ މީހުން މާބަނޑު އަންހެނުންގެ ބަނޑުފަޅައިލައިގެން ދަރިނަގާ މެރި އުސޫލުން ވެލާ ބިސް އަޅާ ނިމެންދެން މަޑުނުކޮށް މަރައިލުމަކީ ކަލޭ އާންމުކޮށް ކުރާ ކަމެކެވެ. މަރުނުވެ މަރަށް ތެޅިތެޅި އޮއްވާ ކަނޑަށް ވެލާ ހޫރައިލުމަކީ ކަލެއަށް އަދި މާ މަޖާކަމެކެވެ. ކުދިވެލާ ނަގައިގެން ވިއްކުމާއި ވެލާކަހަނބު ފަޅާ ދަމާ ގޮހުރު ނެރެ ކެމިކަލްޖަހާ ހިއްކައި އެތެރެހަށްޓަށް ބާފޮތި ގަންނަވައި ބަނޑުފަހައި ދެ ލޮލަށް ދެ ފަސްއޮށް ޖަހައިގެން ގެސްޓް ފިހާރަތަކަށް ވިއްކައިގެން އޭގެން ނަފާނުހޯދަން ހެއްޔެވެ؟ ކަހަނބުފަތްކޮޅުގެ ބޭނުމުގައި ކަލޭގެ ތި ރަހުމުކުޑަ އަތުން މެރި ވެލާގެ އަދަދު ކަލެއަށް އެނގޭ ހެއްޔެވެ؟ ބުރަކަށި މައްޗަށް ކެކިކެކި ހުންނަ ހޫނުފެން އަޅައިގެން ގަދަކަމުން ފަތްކޮޅު ނައްޓައިލައިފައި ވެލާފަކީރު ރޮއިރޮއި އޮއްވާ މާކަނޑަށް ހޫރާލާއިރު އެ ސޮރުގެ ހަށިގަނޑުގައި އަޅާނެ ވޭނާމެދު އެންމެ ފަހަރަކު ވެސް ވިސްނައިލިން ހެއްޔެވެ؟ ބުރަކަށިން ލޭތައް ކަނޑަށް ފައިބާ މުޅިތަން ފިލިވެ މަސްތައ ްކޮށައި، މިޔަރުތައް ހިފައި ހަދާއިރު އެ ސޮރަށްކުރާނެ އަސަރާއި އަޅާނެ ވޭނާމެދު ކަލޭ ވިސްނައިލިން ހެއްޔެވެ؟ އެ ވޭނީ އިހުސާސް މަ ކަލެއަށް ކޮށްލަދެން ހެއްޔެވެ؟

އަހަރެން ކަލޭގެ ބޮނބިފަޅިއަށް ހޫނުފެން ކުރައެއް އޮއްސައިލަން ހެއްޔެވެ؟ އޭރުން އެ ވެލައަށް އެ ލިބޭ ވޭނެއް ވެސް ކަލެއް އެނގިދާނެއެވެ. މަ މިވާހަކަ ދެއްކީމާ ކަލޭ ބުނާނެއެވެ. އޭރު އަހަރުމެންނަށް ނުވިސްނެނީއެވެ. އެވަރަށް ހޭލުންތެރި ނުވަނީއެވެ. ރަނގަޅު ގާނޫނާއި ގަވާއިދު ތަކެއް ވެސް ނެތީއެވެ. ރަނގަޅެވެ. އޭރު ހޭލުންތެރިނުވަނީއެވެ. ވެލަޔާއި ކަހަނބު ހިމާޔަތްކުރާނެ ގާނޫނެއް ވެސް ނެތީއެވެ. މިއަދު އެ ގާނޫނު ވެސް އެބައޮތެވެ. ގާނޫނު އޮތީމާ ކުރާނީ ވަކި ކީއްހެއްޔެވެ؟ އެންމެ ފަހުން ވެސް މެދުރާއްޖެތެރޭ ރަށެއްގެ ކުއްޖަކު ހިފި ހުދުވެލައެއް ކަލޭ އެސޮރު އަތުން ގަނެގެން ގެނެސް 2.5 މިލިއަން ރުފިޔާއަށް ދޮން މީހަކަށް ވިއްކައިލިއިރު ތިބުނާ ގާނޫނު ކޮބައިހެއްޔެވެ؟ އޮފީސް މީހުންނާއެކު ވެލައަށް ފީނަން ގޮސް ވެލާ ނަގާ ދިރިދިރި އޮއްވާ މަސްކޮޅުނަގާ ތޮށިގަނޑު މޫދަށް ހޫރައިލަނީ ކޮން ގާނޫނަކުން ބާރު ލިބިގެން ހެއްޔެވެ؟ މަ އަޖައިބުވަނީ ތިމާވެށީގެ ދުވަހޭ ފަޅުތެރެ ސާފުކުރުމޭ ކަނޑުފަޅޭ ކިޔައިފައި ޓީޝާޓުލައިގެން ގުރޫޕު ހަދައިފައި އަހަރަކު އެއް ފަހަރު ކަލޭމެން ނުކުންނާތީއެވެ.

ވެލާއާއި ކަހަނބު ދިވެހި ކަނޑުތަކުގައި ގިނަވެގެން ކަލޭމެންނަށް އެ ސޮރުމެން ކުރި އެންމެ އުނދަގުލެއް ތުރާލެއް ބުނެބަލާށެވެ. ފަތުރުވެރިއެއްގެ އަތުން ޑޮލަރު ބޮނޑިބޮނޑި މި ދިވެހިޤައުމަށް ހޯދައިދިނުން ނޫންކަމެއް އެ ސޮރުމެން ނުކުރެއެވެ. އަދި މަށަށް އެނގިގެން ވެލައެއް ރަށުތެރެއަށް އަރައި މީހެއްގެ އަނތްބެއްގެ ގާތަށް ވަދެފައެއް ވެސް ނެތެވެ. އަދި ކުޑަކުއްޖަކާ ޖިންސީ ގޯނާއެއް ކޮށްފައެއް ނެތެވެ. ފުރައްސާރައެއް ރޭޕެއްގައެއް އުޅެފައެއް ވެސް ނެތެވެ. ވަޅިއެއް ޖަހައިފައެއްނެތެވެ. މަސްތުވާ އެއްޗެއް ވިއްކާފައެއް ނެތެވެ. މަޖިލީހުގެ ގޮނޑިއެއް ގަންނަން އުޅެފައެއް ވެސް ނެތެވެ. އެ ގޮތުން ބަލާއިރު އެ ވެރިންގެ ކުށުގެ ރެކޯޑެއްނެތެވެ. ދެން އޮތީ ކަލޭމެން ރައްޔިތަކަށް ލިބޭން އޮންނަ އެއްޗެއް އެ ވެރީނަށް ބައިއަޅަން ޖެހުމުގެ ސަބަބުން މަދުވެދާނެތީ ކަލޭ ނަފުރަތުކުރުމެވެ. ވެލައެއް ހަމަގައިމު ވެސް ފްލެޓަކަށް ކުރިމައްޗެއްނުލައެވެ. އާސަންދަ ނުލިބިގެން އެންސްޕާ ނުލިބިގެން ޝަކުވާއެއް ނުކުރެއެވެ. ފެނާއި ކަރަންޓާއި ނަރުދަމާ ނެތިގެން ވެސް ނޫޅެއެވެ. ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްޞަ ޑަކްޓަރެއް ނެތިގެން، ކޮވިޑް ފެސިލިޓީއަށް ނުގެންގޮސްގެނެއް ވެސް ނޫޅެއެވެ. ހަމަގައިމު ވެސް ރައްޔިތުންނަށް ޚަރަދުކުރަން ހުރި ފައިސާއިން ވެލާކަހަނބަށް ބައެއް އަޅަން ޖެހުނުކަމެއް މަށެއް ނުދެނަހުރީމެވެ. މޫދުގައި ހެދޭ ވިނަކޮޅަކާއި ކުދިމަސްކޮޅެއް ބަނޑަށް ލެވުނީމަ އެ ސޮރަށް ފުދެއެވެ. މަ މި ވާހަކަދެއްކީމާ ކަރުން ނާރެއް ނަގާފައި ކަލޭބުނާނެއެވެ. މާތްﷲ ދިރޭތަކެތި ލައްވައިފައިވަނީ އަހަރުމެން އިންސާނުންގެ ޚިދުމަތުގައެވެ. އެއީ އަހަރުމެންނަށް އޮތް ނިޢުމަތެކެވެ. ވެލާ ހިފުން މައްސަލައަކަށް ހަދައިގެން ތިއުޅެނީ ކަލޭމެން ކަހަލަ ދެތިން މީހެކެވެ.

ރަނގަޅެވެ. ވެލާ ފަޅައިލާއިރު އައްދިއްޔޯއޭ އަލިފާނޭ އެ ސޮރެއް ނުގޮވާނެއެވެ. އަދި ނުވެސް ގޮވޭނެއެވެ. އަދި އިންސާފު ހޯދަން ވެލައަކަށް ކަހަނބަކަށް ކޯޓަކަށް ނުދެވޭނެކަން މަށަށް ވެސް އެނގެއެވެ. އެ ސޮރުމެންނަށް ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަން ދެއްވައިފައި ނެތީތާއެވެ. އެކަމަކު އެ ސޮރުމެން ގައިގައި ވެސް ވޭން އަޅާނެ ދޯއެވެ؟ އެ ޝަކުވާ ހިފައިގެން ކަލޭމެން ކަހަލަ ޒާލިމުންގާތަށް އަންނަން ތިބެނީ އަހަރުމެން ކަހަލަ އިންސާނުންނެވެ. އެކުވެރިޔާއެވެ. ވެލައާއި ކަހަނބެއް މިހާރަކު ނުހިފޭނެއެވެ. އެ ސޮރުމެންގެ މަހާއި ބިހެއް ވެސް ނުކެވޭނެއެވެ. ގަހަނާ ހަދާކަށް އެ ސޮރުގެ ފަތެއް ވެސް ނުލިބޭނެއެވެ. އެ ހުރިހައި ކަމެއް މިއަދު މަނާވެފައި އެ އޮތީ ކަލޭމެން ކަހަލަ އަމިއްލަ އެދުމުން ފޯވެފައި ތިބޭ އަނިޔާވެރިންގެ ސަބަބުންނެވެ. ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ދޯއެވެ؟ ވެލަޔަށް ބަސްނުމޮށެވޭތީ ވެލާ "އޯކޭ" އެކޭ ނުބުނެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
231

3 Responses

  1. Velaa nukuraa kanthakuge there ah India sifain ah Raajje nuvikkaa vaahaka aai dhaulathuge hazaanaa in Vakkan nukuraa vaahakaves vattaali Nama v. furihamavees😂 ekamuves meethi v obi👏👏👏

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *