Support Us

ދޫނި ނެތި ކޮއްޓެއް ހުހަށް…

ދޫނި ނެތި ކޮއްޓެއް ހުހަށް ކުޑަ ހުއްޓަތީ އަހަރެން ދުށިން
ބޭނުމެއް ނެތް އެއްޗަކަށް ވިޔަތީ އެ ކޮށި އަހަރެން ދުށިން

ލޯ ނަރުން ހިމަ ނަރު ދަމައި، ގިރިޓީ އެ ކުޅަ ރަން ދެމި ނަރުން
ލޯ ނިކަން ތަރަތަރަޖަހައިގެން ދާނެ ކޮށި ހެދި ތަން ދުށިން

ސީނުކަރައިން ދެން ގެނައި ކުލަގަދަ މަކާއޯ ވެސް ދުށިން
ހީނުކުރެވޭ ވަރުގެ ޢަދަދެއް އޭގެ އަގަކަށް ދިން، ދުށިން!

ވާނެހެން ހީކުރި ގޮތަށް އެ ގުރާ ޖަލަށް ލީތަން ދުށިން
"ވާނެ ކަމަކީ ކޮންމެ ކަމެކޭ ލާރި ހުރި ނަމަ" ބުނި، އެހިން!

ވާނެ ކަންކަން ލިޔެވެނީ ހަމަ ޤަދަރުގައިކަން ދެނަހުރިން
ދާނެ ކަން އެ މަގުން ހިނގައި ނިމިދާނެކަން މި ލޮލުން ދުށިން

ކާނެ އަގުބޮޑު މޮޅު ގޮވާމާ ބޯނެ މިނަރަލް ފެން ލިބުން
ވާނެބާއޭ އުފަލަކަށް އެ ގުރައިގެ ނާ، އަހަރެން އެހިން

ދާނެކަން ދުނިޔޭގެ ހަމައިން ކަންހިނގާ މަގުތައް މަތިން
ދާނެކަން އެ ހަމައިން ގުރާފުޅު ވަކިވެގެން، ހަމަ ދެނެހުރިން

ހައިނުކޮށް މިނިވަންކަމަށް އެދިއެދި ގޮވައި، ހިތް ހުއްޓިގެން
މާނަ އެ އަޑުގެ ނޭނގި ތިބި އިންސާނުނާ ދެން ވަކިވެގެން

ދޫނި ނެތި ކޮއްޓެއް ހުހަށް ކުޑަ ހުއްޓަތީ އަހަރެން ދުށިން
ބޭނުމެއް ނެތް އެއްޗަކަށް ވިޔަތީ އެ ކޮށި އަހަރެން ދުށިން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
17
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *