Support Us

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ސްޓެލްކޯގައި

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ސްޓެލްކޯގައި ހިންގައިފިއެވެ.

ބްލިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި 25 މުވައްޒަފުން ބައިވެރިވި ކަމަށް ސްޓެލްކޯ އިން ބުނެއެވެ. މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ "ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް" ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާ މެދު ހޭލުންތެރިކޮށް، ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ވަރކްޝޮޕްގެ ބައިވެރިނަށް ދަސްކޮށްދީފައިވޭ" ސްޓެލްކޯގެ ބަޔާނެއްގައި ބުނެއެވެ.