Support Us

ހުއްދަ ނުލިބެނީސް، އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކާތީ ސަމާލުވާން އެޗްޑީސީން އެދެފި 

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު/ފެއަރ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނުނަގައި، އިވެންޓު ބޭއްވުމުގެ ނަމުގައި ބައެއް ފަރާތްތަކުން ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

ހުޅުމާލޭގައި ފެއަރ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން މޭ 14 އިން ފެށިގެން ވަގުތީގޮތުން ހުއްޓާލައިފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ، ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުން މުހިންމު ކަމަށެވެ.

"އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން، މި ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަންބަރު؛ 3356112 އަށް ގުޅައި ޔަގީން ކުރެއްވުން އެދެމެވެ. އަދި އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާނުވާނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާންކުރަމެވެ." އެޗްޑީސީގެ ބަޔާނެއްގައިވެއެވެ.