Support Us

އެސްޓީއޯއިން އެލްޖީ ޓީވީ ތައާރަފްކޮށްފި

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީ ތައާރަފްކޮށްފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީ ބްރޭންޑް ޓީވީ ތަޢާރަފްކުރުމާ އެކު "އެލްޖީޓީވީ އިންޓްރޮޑިއުސިން އޮފަރ"ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ވަނީ ޓީވީ ވިއްކަން ފަށައިފައެވެ.

އެގޮތުން މި އޮފަރގެ ދަށުން، އަންނަ އޮކްޓޯބަރު ނުވަޔަކާ ހަމައަށް ވިއްކާ އެލްޖީ ޓީވީތަކުން 10% އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

"އެލްޖީ ބްރޭންޑުގެ ޓީވީތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކެއްކަން ފާހަގަކޮށްލަމެވެ." އެސްޓީއޯގެ ބަޔާނުގައިވެއެވެ.